އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި
31 ޖަނަވަރީ 2023އެމްޓީސީސީ، އާރުޓީއެލް ބަހުގެ ޚިދުމަތާ އަލަށް ގުޅުނު ޑްރައިވަރުންނަށް ސޭފް ޑްރައިވިންގ އެންޑް ރޯޑްސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއި ބަހުގެ ޚިދުމަތްދިނުމާ ބެހޭ ގަވާއިދުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ބަސް ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު އުޅަނދު ދުއްވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެެވެ. އަދި ހާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ރޯޑްސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓާއި އެމްޓީސީސީގެ ޓްރެއިނިންގ ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 10 ޑްރައިވަރުން ބައިވެރިިވިއެވެ.