ޚަބަރު

ގދ. އަތޮޅުގެ ތިން ސްކޫލެއްގައި ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

12 ފެބްރުއަރީ 2023

ސްކޫލް ދަރިވަރުންނަށް ކުރިއަށްގެންދާ ''ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް'' ގދ. މަޑަވެލި، ހޯޑެއްދޫ އަދި ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

 

މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ސްކޫލް ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތަކާއެކު މުއާމަލާތުކުރާނެގޮތާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއް ވެސް ކުރިއަށް ގެންދެވިފައިވެއެވެ.

މި މަހު 4 އިން 9 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް މަޑަވެލި ސްކޫލުގެ 35 ދަރިވަރުންނާއި ހޯޑެއްދޫ ސްކޫލުގެ 38 ދަރިވަރުންނާ އަދި ގދ. އަތޮޅު މަދަރުސާގެ 33 ދަރިވަރުން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.