ޚަބަރު

ދިއްގަރު ސްކޫލު ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

21 ފެބްރުއަރީ 2023

މ. ދިއްގަރު ސްކޫލު ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ދިއްގަރު ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ސްކޫލް ދަރިވަރުންގެ ފަރާތުން ފެންނަ ސައިބަރ ކްރައިމްއާ ގުޅުންހުރި ކުށްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ.


އޭގެ އިތުރުން، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، ދަރިންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިޔާގެ ދައުރާއި ބެލެނިވެރިން އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިންނާ އޮންނަ ގުޅުން ރަނގަޅުކޮށް ނަމޫނާ ބެލެނިވެރިއަކަށްވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ދިއްގަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި 85 ބެލެނިވެރިން ބައިވެރިވިއެވެ