ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

16 މާޗް

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

 

އޭނާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުގެ ފުލުހުން މާރިޗު 15 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ސައިކަލުގައި ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދިއުމުން ފުލުހުން އޭނާގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ފިލަން ދުއްވާފައިދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 271 ކުޑަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.