ޚަބަރު

ދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އޮސްޓް ރިފްރެޝަރ ޕްރޮގްރާމް ހިންގައިފި

21 މާޗް 2023

ދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ޓްރެއިނިންގ (އޮސްޓް) ރިފްރެޝަރ ޕްރޮގްރާމް ހިންގައިފިއެވެ.

 

މާރިޗު 18 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުން ގާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

 

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލުކުރާނެ އާންމު އުސޫލުތަކާއި މީހަކު ނުކިޔަމަންތެރިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.


އޭގެ އިތުރުން، ފުލުހުންގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުމަށް މައުލޫމާތުދިނުމުގެ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.