ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

22 މާޗް 2023

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

 

ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި މައްސަލަ ކުޅުދުއްފުށި ސިޓީ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.