ތ. އަތޮޅު މަދަރުސާގައި އެންގަރ މެނޭޖްމަންޓް ސެޝަނެއް ކުރިއަށް ގެންގޮސްފި
07 ޖޫން 2023ސްކޫލް ދަރިވަރުން ދިރިއުޅުމުގެ އެކި ކަންކަމަށް އަހުލުވެރިކުރުވައި ކުށުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. އަތޮޅު މަދަރުސާގެ ގްރޭޑް 6 ގެ ދަރިވަރުންނަށް "އެންގަރ މެނޭޖްމަންޓް" ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންގައި، ރުޅިއަކީ ކޮބައިކަން، ރުޅި އަންނަން މެދުވެރިވެދާނެ ސަބަބުތައް، ރުޅި އަންނަ ހިނދު އަމަލުކުރާނެގޮތް އަދި ރުޅި އަންނަ ފަދަ ކަންކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ރުޅީގެ ސަބަބުން ޖިސްމާނީ، ނަފްސާނީ އަދި ސިއްހީ ގޮތުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ބުނެދީފައިވެއެވެ. މި ސެޝަންގެ ތެރެއިން މައުލޫމާތުދިނުމުގެ ގްރޫޕް މަސައްކަތްތަކެއްވެސް ދަރިވަރުންގެ މެދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހު 6 ވަނަ ދުވަހުއެވެ.