އަމާންވެށި، ށ. މިލަންދޫ – އިސްރަށްވެހިންގެ މައިޒާން
19 ޖޫން 2023![](/uploads/1_1d186fee03.jpg)
ށ. މިލަންދޫގައި މިހާރު ކުރިއަށްގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން، މިލަންދޫގައި ދިރިއުޅޭ އުމުުރުން ދުވަސްވީ މީހުންނަށް ”އިސްރަށްވެހިންގެ މައިޒާން” ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ އުމުރުން ދުވަސްވީ މީހުންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދައިދިނުމާއި އެ މީހުންގެ އަޑުއަހައި އެ މީހުންނަށް އަޅާލުމާއި އޯގާތެރިވުމުގެ މުހިންމުކަން މުޖުތަމައަށް ހާމަކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
![](/uploads/2_3ec78c00c1.jpg)
ރަށުގެ ގިނަ އަދަދެއްގެ އިސްރަށްވެހިންނާއެކު އިއްޔެ ހަވީރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންނަށް ހާއްސަ ސައިފޮދަކާ އެކުގައެވެ. އަދި އިސްރަށްވެހިންގެ ކުރީގެ ތަފާތުއެކި ވާހަކަތައް ހިއްސާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް އަދި ހަދިޔާ ދީފައިވެއެވެ.
![](/uploads/3_bd1f2495f6.jpg)
މީގެ އިތުރުން މަކަރާއި ހީލަތުގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމަށް ހާއްސަ ސްޓޭޖް އައިޓަމެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ޖޫން 4 އިން 19 އަށް އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.