ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

13 ސެޕްޓެމްބަރ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

 

މާފަންނު ޕޮލިސް ސްޓޭޝަން

 

އޮގަސްޓް 24 ވަނަ ދުވަހު މަޖީދީމަގު، ޑޮރަލު އޭޓީއެމް ކައިރިން އާންމުފަރާތަކުން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރު 567551

 

ސެޕްޓެމްބަރ 12 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، ހާޑްވެއާޒޯން ކައިރިން ހޮވައިގެން ގެނެސްފައިވާ އެލްމެނިއަމް ހަރުގަނޑެއް. އިންސިޑެންޓް ނަންބަރު 569603

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


ގަލޮޅު ޕޮލިސް ސްޓޭޝަން

 

ސެޕްޓެމްބަރ 1 ވަނަ ދުވަހު މާޑުގަރާޖު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ 50 ރުފިޔާ. އިންސިޑެންޓް ނަންބަރު 568425

 

ސެޕްޓެމްބަރ 9 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލު ތެރެއިން ހޮވައިގެން ގެނެސްފައިވާ ދެ ރަންއަނގޮޓި. ރުފިޔާ. އިންސިޑެންޓް ނަންބަރު 569310

 

ސެޕްޓެމްބަރ 11 ވަނަ ދުވަހު ހަދީބީމަގުން ހޮވައިގެން ގެނެސްފައިވާ ކުއިކްސިލްވަރ ކަޅުކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 569577

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހެންވޭރު ޕޮލިސް ސްޓޭޝަން

 

އޮގަސްޓް 20 ވަނަ ދުވަހު، ބޮޑުފުންގަނޑު މަގު ބުރެވިމަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސޭންޑަރެއް. ކޭސް ނަންބަރު ކޭސް ނަމްބަރު LC2023/08881

 

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ވިލިނގިލި ޕޮލިސް ސްޓޭޝަން

 

2022 ސެޕްޓެމްބަރ 25 ވަނަ ދުވަހު ގއ. ވިލިނގިލިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޓިނުތަކެއް. އިންސިޑެންޓް ނަންބަރު 535119

 

މި ތަކެތީގެ ވެރިފަރާތުން 9792109 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.