ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
20 ސެޕްޓެމްބަރ 2023
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް ސްޓޭޝަން
ސެޕްޓެމްބަރ 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަހު، މަސްމާރުކޭޓު ކައިރިން ހޮވައިގެން ގެނެސްފައިވާ 1500 ރުފިޔާ. އިންސިޑެންޓް ނަންބަރު 569890
ސެޕްޓެމްބަރ 15 ވަނަ ދުވަހު މ. މާހުރާގެ ކައިރިން ހޮވައިގެން ގެނެސްފައިވާ ސޮނީ ޓީވީއެއް. އިންސިޑެންޓް ނަންބަރު 569988
ސެޕްޓެމްބަރ 16 ވަނަ ދުވަހު މ. ޒުވާރިމާގެ ކައިރިން ހޮވައިގެން ގެނެސްފައިވާ އިލެކްޓްރޯނިކްސް ސާމާނުތަކަކާއި ކޭބަލެއް. އިންސިޑެންޓް ނަންބަރު 570102
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަން
ސެޕްޓެމްބަރ 14 ވަނަ ދުވަހު ބުރުޒުމަގު، ޓީވީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރު 569948
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.