ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

16 ނޮވެމްބަރ 2023

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

 

މާފަންނު ޕޮލިސް ސްޓޭޝަން

 

ނޮވެމްބަރ 15 ވަނަ ދުވަހު ފުއްކަފަ ގޯޅިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ކީހެއް. އިންސިޑެންޓް ނަންބަރު 577343

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


ގަލޮޅު ޕޮލިސް ސްޓޭޝަން

 

ނޮވެމްބަރ 11 ވަނަ ދުވަހު މަޖީދީމަގު، ރޮޒެއްލާ ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ސޯޓު (ބީޗް ސޯޓު). އިންސިޑެންޓް ނަންބަރު 576882

 

ނޮވެމްބަރ 12 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ، ރަތްކުލައިގެ ފޮއްޓެއް. އިންސިޑެންޓް ނަންބަރު 577059

 

ނޮވެމްބަރ 13 ވަނަ ދުވަހު އިސްކަންދަރު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 577114

 

ނޮވެމްބަރ 14 ވަނަ ދުވަހު މަޖީދީ މަގު، ދިލްބަހާރު މަގު ކަންމަތިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ޒީބާ ބްރޭންޑުގެ ބާސްމަތީ ހަނޑޫ ކޭހަކާއި ކާރު ތަޅުދަނޑި އަކާއި ކާރު ރިޕެއަރިންގ ސްޕްރޭ ފުޅިއެއް. އިންސިޑެންޓް ނަންބަރު 577224

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.