ޚަބަރު

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމާ ގުޅޭ

19 ޑިސެމްބަރ 2023

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމަށް ބޭނުންވެއެވެ.

 

މި އެކްސިޑެންޓަކީ 2023 ޑިސެމްބަރު 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

 

މި އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.