މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
10 މާޗް 2024![](/uploads/000_847f7a9ee9.jpg)
މާރިޗު 6 ވަނަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ބަލަމުންދާ، މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮޮށް 22 މޯބައިލް ފޯނު، 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.