ޚަބަރު

ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށްރަށުގައި ''ވޯކް އެންޑް ޓޯކް'' ހަރަކާތެއް ކުރިއަށް ގެންގޮސްފި

14 ޖޫން

ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ‘’ވޯކް އެންޑް ޓޯކް'' ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

ޖޫން 13 ވަނަ ދުވަހު ހުރިހާ ރަށެއްގައި ވެސް ވަކިވަކީން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކުން އާންމު ރައްޔިތުންނާ ބައްދަލުކޮށް ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ސްކޭމް ކޯލުތައް މިހާރު އާއްމުވަމުންދާ ގޮތްތަކާއި، އެ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އީދު ބަންދުގެ ދުވަސްތަކުގައި ރަށުން ފުރައިގެންދާއިރު އަގުބޮޑެތި މުދަލާއި ގޯތި ގެދޮރުގެ ސަލާމަތަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުުރުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ވެސް ހޯދާފައިވެއެވެ.