ޚަބަރު

އެމަޖެންސީ ފަސްޓް ރެސްޕޮންޑަރ އެންޑް ރެސްކިއު ޑައިވް ކޯސް ފަށައިފި

23 އޮކްޓޯބަރ

އެމަޖެންސީ ފަސްޓް ރެސްޕޮންޑަރ އެންޑް ރެސްކިއު ޑައިވް ކޯސް ދ. ވާނީގައި ފަށައިފިއެވެ.

 

މި ކޯހުގައި، ޑައިވް ކުރުމުގައި ދިމާވާ އެކި ހާލަތްތަކާއި މޫދުގައި އުޅޭއިރު ދިމާވާ ހަލާތްތަކުގައި އެހީތެރިވެދިނުމާއި ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. އަދި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ވެސް ދަސްކޮށްދޭނެއެވެ.

މި ކޯހުގެ ސަބަބުން، ޑައިވްކުރުމުގެ ތެރޭގައި ދިމާވާ ފުރާނައަށް ނުރައްކާވާފަދަ ނާޒުކު ހާލަތްތަކާއި ކުއްލި އެހެނިހެން ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ހުނަރުތައް އިތުރަށް ދަސްވެ އަދި އެފަދަ ހާލަތްތަކަށް ތަމްރީނުވެގެންދާނެއެވެ.

 

މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަށް ޑައިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި އަންހެން ފުލުހަކު ވެސް ހިމެނެއެވެ.