ވަޒީފާއަށް ކުރިމަތިލުން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށްޓަކައި އާއްމު އުސޫލުން މަގާމުތަކަށް މީހުން ހޮވަނީ އިއުލާންކޮށްގެންނެވެ. މިކަމަށްޓަކައި ކުރެވޭ އިއުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވޭނެއެވެ. މިއިއުލާނުގައި ހުސްކޮށް ހުރި ވަޒީފާގެ ފުރުސަތުތަކާއި އެ މަގާމުތަކުގެ ޝާރުތުތައް ބަޔާންކޮށްފައިވާނެއެވެ. އަދި ކުރިމަތިލާ ފަރާތްތަކުން ލިޔެކިޔުން ހުށަހަޅަންޖެހޭ ސުންގަޑިވެސް ބަޔާންކޮށްފައިވާނެއެވެ. 

 

ފުލުހުންގެ ވަޒީފާ

އާއްމުކޮށް ފުލުހުންގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރެވޭ އިއުލާންގައި ހުޅުވާލެވޭނީ ޕޮލިސް ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތެވެ. މިމަގާމަށް ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކުރުމުގެ އިތުރުން ފިޓްނެސް ޓެސްޓަކާއި ފެތުމުގެ ޓެސްޓެއް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. މިޓެސްޓްތަކުގެ އިތުރުން ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ފެންވަރާއި މުއާމަލާތުކުރުމުގެ ހުނަރު ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އާއްމު މުވައްޒަފުންގެ ވަޒީފާ

މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޔުނީފޯމް އެޅި ފުލުހުންގެ އިތުރުން އާއްމު މުވައްޒަފުންގެ ވަޒީފާތައްވެސް ހުރެއެވެ. މި ވަޒީފާތަކަކީވެސް ހުސް މަގާމުތަކަށް އިއުލާންކުރެވޭ ވަޒީފާތަކެކެވެ. މިކަމަށް ކުރެވޭ އިއުލާންގައި މަގާމުގެ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު ހިމެނޭނެއެވެ. ފުުހުންގެ ވަޒީފއާއި ހިލާފަށް އާއްމު މުވައްޒަފުންގެ މަގާމުތަކަށް މީހުން ހޮވުމުގައި ފިޓްނެސް ޓެސްޓާއި ފެތުމުގެ ޓެސްޓް ނުހިމެނޭނެއެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތާއި ނުވަތަ މިދާއިރާއާއި ގުޅުންހުރި ވަރަށް ހާއްސަ ހުނަރެއް ނުވަތަ އިލްމެއް ލިބިފައިވާ ފަރާތެއްނަމަ އަޅުގަނޑުމެންނަށް ވަނަރު މެއިލްކޮށް ދެއްވާށެވެ.

 

އީމެއިލް: [email protected] 

ފޯން: 9790050 

 

ގުޅުންހުރި ލިންކްތައް

 

ދިވެހި ސަރުކާރުގެ ގެޒެޓް