ޖިންސީ އަނިޔާ

 

ޖީންސީ އަނިޔާ

 

ޖިންސީ އަމަލެއް ނުވަތަ ބަދު އަހުލާގީ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ ނުވަތަ އެފަދަ ކަމެއް ކުރުމަށް މަސައްކަތް ކޮށްފިނަމަ ލަސް ނުކުރައްވާ ޕޮލިސް އިމަރޖެންސީ 119 އަށް ގުޅުއްވާށެވެ.

 

ޖިންސީ އަނިޔާގެ މައްސަލަތަކަކީ ކޮބާ؟

ޖިންސީ އަނިޔާއަކީ މީހެއްގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުން ނުވަތަ ޖިންސީ އަމަލެއް ހިންގުން ނުވަތަ އެފަދަކަމެއް ކުރަން އުޅުމެވެ. ބަދު އަހްލާގީ އަމަލު ހިންގުމަކީ ހުއްދަ ނޫން ގޮތުގައި ޖިންސީ އަމަލެއް ހިންގުން ނުވަތަ އެފަދަ އަމަލެއް ހިންގަން އުޅުމެވެ.

 

ރޭޕް ކުރުމާއި ޒިނޭ ކުރުން އަދި ބަދު އަހުލާގީ އަމަލު ހިންގުން

ރޭޕް ކުރުމާއި ޒިނޭ ކުރުން އަދި ބަދުއަހުލާގީ އަމަލު ހިންގުމަކީ އޭގެ ޒާތުގައި ތަފާތު ކަންކަމެވެ. މިހުރިހައި ކަންކަމަކީވެސް ދިވެހިރާއްޖޭގައި ކުރުން މަނާ ކަންކަމެވެ.

 

- ރޭޕް ކުރުމަކީ ގަދަކަމުުން ނުވަތަ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުމެވެ.

- ޒިނޭ ކުރުމަކީ ރުހުން އޮތް ނަމަވެސް ކައިވެނި ނުކުރާ ދެމީހަކު ޖިންސީ ގުޅުން ހިންގުމެވެ.

- ބަދު އަހްލާގީ އަމަލު ހިންގުމަކީ ރޭޕް އަދި ޒިނޭއަށް ނުވާ ޖިންސީ އަމަލެއް ހިންގުމެވެ.

- ބަދު އަހްލާގީ އަމަލެއް ހިންގާއިރު އެއް ފަރާތުގެ ރުހުން ނެތް ނަމަ އެއީ ގަދަކަމުން ބަދު އަހްލާގީ އަމަލު ހިންގުމެވެ.

 

އެއް ޖިންސުން ގުޅުން ހިންގުމާއި ދެމީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ މިފަދަ އަމަލުތައްވެސް ހިމެނޭނީ މަތީގައިވާ ބައިތަކުގެ ތެރޭގައެވެ.

 

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

 ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި މިފަދަ އަނިޔާއެއް ނުވަތަ ބަދު އަހްލާގީ އަމަލެއް ގިނަ ފަހަރަށް ހިންގަނީ ކޮންމެވެސް ގޮތަކުން ދަންނަ ނުވަތަ އެހެންވެސް ގުޅުމެއް އޮންނަ ފިރިހެނެކެވެ. މިފަދަ އަމަލުތަކަކީ ދުރާލާ ފާރަލައިގެން ފުރުސަތު ހޯދައިގެން ހިންގާ އަމަލުތަކެކެވެ. މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ފަރާތުން އެމީހުންގެ އަމަލުތައް ސިއްރުކުރާނެ ކަމުގެ ޔަގީންކަން އޮތުމެވެ. އެހެންކަމުން މިފަދަ އަނިޔާއަކުން ރައްކާތެރިވުމަށް ތިރީގައި މިވާ ބައެއް ފިޔަވަޅުތައް އެޅިދާނެއެވެ.

 

- މީހެއްގެ ފަރާތުން ނޭދެވޭ އިޝާރާތްތަކެއް ލިބޭނަމަ ސާފު ބަހުން އިންކާރުކުރުން

- އެފަދަ މީހަކު ފުރުސަތު ހޯދަފާނެފަދަ ކަންކަމުން ދުރުވުން

- މިފަދަ އަމަލެއް މީހެއްގެ ފަރާތުން ހިނގާފާނެ ކަމަށް ބެލެވޭނަމަ އިތުބާރު ކުރެވޭ މީހަކާއި އެކަން ހިއްސާ ކުރުން

- މެސެޖްކޮށް ފޯނުކޮށް ހަދާނަމަ ސްކްރީންޝޮޓް ނެގުން

- އޮފީސް މާހައުލުގައި މިފަދަ ކަމެއް ދިމާވާނަމަ ޖިންސީ ފުރައްސާރަ ހުއްޓުވާ ކޮމިޓީއަށް ރިޕޯޓް ކުރުން (މިއީ ކޮންމެ އޮފީހެއްގައިވެސް ގާއިމްކުރެވިފައި އޮންނަން ގާނޫނު ލާޒިިމް ކުރާ ކޮމިޓީއެއް)

- އެކުގައި އުޅޭ މީހުން - ހާއްސަކޮށް އަންހެނުން - ދައްކާ މިފަދަ ފުރައްސާރައިގެ ވާހަކަތައް އަޑުއަހައި އެފަދަ ވާހަކަތައް އެކަކު އަނެކަކާ ހިއްސާ ކުރެވޭނެ މާހައުލެއް ގާއިމްކުރަން މަސައްކަތްކުރުން

 

މިފަދަ އަނިޔާއެއް ލިބިއްޖެނަމަ ހަދާނީ ކިހިނެތް؟

ޖިންސީ އަނިޔާއެއް ނުވަތަ ރޭޕް ކުރުމުގެ އެއްވެސް އަމަލެއް މީހަކު ހިންގަފާނެ ކަމަށް ގަބޫލު ކުރެވޭނަމަ އަދި އެފަދަ މީހަކީ އެފަދަ ފުރުސަތެއް ހޯދޭނެ މަގު ފަހިވެފައިވާ މީހެއްނަމަ ލަސް ނުކުރައްވައި ފުލުހުންނަށް ރިޕޯޓް ކުރައްވާށެވެ.

 

މިފަދަ އަމަލެއް މީހަކު ހިންގައިފިނަމަ ތިރީގައިވާ ގޮތަށް އަމަލުކުރައްވާށެވެ.

 

- ލަސްނުކޮށް ވަގުތުން އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާދޭ ތަނަކަށް ދާށެވެ. ހޮސްޕިޓަލެއް ހުރި ރަށެއްނަމަ ދާނީ ސީދާ އިމަރޖެންސީ ރޫމަށެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެފަދަ މީހަކަށް އެހީތެރިވެ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަކީ ސިއްހީ ހިދުމަތްތެރިންގެ މައްޗަށް ލާޒިމްކަމެއް ކަމުން އެފަރާތުން ފުލުހުންނަށް އެކަން އަންގާނެއެވެ. އަދި މެޑިކޯ ލީގަލް ރެކޯޑަޑަކީ މައްސަލައިގެ ތަހްގީގަށްވެސް ކޮންމެހެން ބޭނުންވާނެ ލިޔުމެކެވެ.

- ހޮސްޕިޓަލަށް ދިއުމުގެ ކުރިން އިތުރު އެއްވެސް ކަމެއް ނުކުރާށެވެ. މިސާލަކަށް ހެދުން ބަދަލުކޮށް ނުވަތަ ފެންވަރާ ނަހަދާށެވެ. އެންމެ ކުޑަމިނުން މޫނު ފަދަ ގުނަވަނެއްވެސް ދޮވެ ނުވަތަ ފުހެވެސް ނަހަދާށެވެ.

- ހޮސްޕިޓަލުން ރިޕޯޓް ކުރުމުން

- މައްސަލައިގެ ތަހްގީ މިފަދަ އަނިޔާވެރި އަމަލެއްގެ ޝިކާރައަކަށްވުމަކީ ޖިސްމާނީ ގޮތުން ލިބޭ ގެއްލުމަށްވުރެ މާބޮޑު ގެއްލުން ނަފްސާނީ ގޮތުން ލިބިގެންދާ ކަމެކެވެ. މިހެންވުމުން ވަރަށް ގިނަ ފަހަރު އަނިޔާލިބޭ ފަރާތުން އެވާހަކަ ދައްކަން ނުވަތަ އިންސާފު ހޯދަން ޖެހިލުންވެ ނުވަތަ ބޭނުންުނުވެދެއެވެ. މީގެ ސަބަބުން އިތުރު އެހެން މީހުން މިފަދަ އަމަލުތަކުގެ ޝިކާރައަށްވުމުގެ ފުރުސަތު އެފަދަ މީހުންނަށް ލިބިގެންދެއެވެ.